Last Updated: May 12, 09:19
Sunday, May 12, 2024
ޚަބަރު

ނުރައްކާ، މިއަދު 464 މީހުން ޕޮޒިޓިވް

މިއަދު ރާއްޖެއިން 464 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގެ ހާލަތު ނުރައްކާތެރިވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވީ މާލެ ސަރަހައްދުން 207 މީހަކާއި އަތޮޅުތެރެއިން 146 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 14 މީހަކާއި ސަފާރީތަކުން ތިން މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށަކުން މީހެއް އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުން 93 މީހުން ކަމަށެވެ.

މިއަދުގެ އަދަދުތަކާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު ވަނީ 29،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 4396 އަށް އަރާފައިވާއިރު، 122 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި 73 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

މި ބަލީގައި ނިޔާވެފައިވަނީ 65 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެއް އަދި އިންޑިއާގެ މީހެކެވެ.