Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަންތިބި ބޭރުގެ ބޯޓުތަކެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަންތިބި ބޭރުގެ ބޯޓުތަކެއް އަތުލައިގެންފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފައިވަނީ، ކޯސްޓް ގާޑް ޝިޕް ހުރަވީ ކުރަމުން ދިޔަ ޕެޓްރޯލް ދަތުރުތަކެއްގައި މ. އަތޮޅާއި ވ. އަތޮޅާއި ދިމާ އިރުން އީއީޒެޑް ގެ 30 ނޯޓިކަލް މޭލް އެތެރެއިން، ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓު ތަކެއް ފެނިފައިވާކަމަށެވެ.

އެގޮތުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަންތިބި ފަސް ބޯޓެއް ފެނިފައިވާކަމަށާއި، މިއިން ކޮންމެ ބޯޓެއްގައި ހަ މީހުން ތިބި ކަމަށް މައުލުމާތު ދީފައިވެއެވެ.

އަދި އެ ބޯޓުތައް ހުރަވީގެ ބެލުމުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.