Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައިއިރު ވަކިން އޮންނަ ހުޅުމީދޫ އިން ކޮވިޑު ކޭސްތަކެއް ފެނި އެރަށްވެސް ވަނީ މޮނިޓަރިންނަށް ލެވިފައެވެ. އެއާއި އެމު މުޅި އައްޑޫ ސިޓީ އެއްކޮށް މިވަނީ މިހާރު މޮނިޓަރިންނަށް ލެވިފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އައްޑޫސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށެވެ.

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އައްޑޫސިޓީ މޮނިޓަރިންގެ ހާލަަތަށް ގެނެސްފައިވާއިރު، "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވީ މީހާ އާއި ގިނަ ބަޔަކު ވަނީ ކޮންޓެކްޓު ވެފައެވެ. އޭގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މީހުން ހިމެނެއެވެ.