Last Updated: June 13, 02:24
Friday, June 12, 2026
ވިޔަފާރި

ހެރަތެރައިގެ ޕްރީ ބިޑް މީޓިން ހޯމަ ދުވަހު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ތަރައްގީކޮށް ހިންގާ ސ. ހެރަތެރަ ރިސޯޓަށް ބީލަން ހުށައަޅަން ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިން ހޯމަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޓީޑީސީން އެންމެ ފަހުން ހެރަތެރަ ބީލަމަށް ލާފައި ވަނީ ސަބްލީސް އެގްރިމަންޓެެއްގެ ދަށުން ނުވަތަ އެ ރަށް ވިއްކާލައިގެން ހިންގާނެ ބަޔަކު ހޯދުމަށެވެ. އެގޮތުން ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ަެމީގެ ކުރިން ވެސް އެމްޓީސީން ވަނީ 546 އެނދުގެ ރިސޯޓް ހިންގުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ކުންފުންޏެެއް ކަމަށްވާ ޔޮޓް ޓުއާޒް މޯލްޑިވްސް އާ އެ ރިސޯޓް ހިންގުމަށް 2008 ވަނަ އަހަރު ހަވާލު ކުރި އެވެ. އޭގެ ފަހުން ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕާ ވެސް 2011 ވަނަ އަހަރު ހެރަތެރަ ހަވާލު ކުރި އެވެ.

އެ ދެ ކުންފުންޏާ ވެސް 20 އަހަރުގެ މުއްދަތަށް ހިންގަން ހަވާލު ކުރި ރިސޯޓް ކާމިޔާބްކަމާ އެކު ހިންގޭ ގޮތެއް ނުވި އެވެ. އެ ރިސޯޓް މިހާރު ހިންގަނީ އެމްޓީސީންނެވެ.