Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޒަރޫރީ ބޭނުންތަަކަށް ނޫނީ ގެއިން ބޭރަށް ނުދިއުމަށް އަންގައިފި

އައްޑޫ ސިޓ، ފޭދޫ. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫ ސިޓީ ފޭދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައިވާތީ، ޒަރޫރީ ބޭނުންތަަކަށް ނޫނީ ގެއިން ބޭރަށް ނުދިއުމަށް ފޭދޫ ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

ފޭދޫ އިން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާކަން އެނގުނީ ރޭ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކުމާ ގުޅިގެންނެވެ. އެ ކޭސް އާއި ގުޅިގެން އައްޑޫ މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވީ މީހާ އާއި ގިނަ ބަޔަކު ވަނީ ކޮންޓެކްޓު ވެފައެވެ. އޭގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މީހުން ހިމެނެއެވެ.

ފޭދޫ ސިއްހީ މަރުކަޒުން ބުނީ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ހުރިހާ ރައްޔިތުންގެ އެއްބާރުލުން މިކަމަށް ދިނުމަށް އެދޭ ކަމަށެވެ. އަދި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއްނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ސިއްހީ މަރުކަޒުން އިލްތިމާސްކުރެއެވެ.

މީގެއިތުރުން ކޮންމެހެން ގެއިން ބޭރަށް ދާން ޖެހިގެން މެނުވީ ގެއިން ބޭރަށް ނުދިޔުމަށާއި، މާސްކު އެޅުމަށާއި އަދި މީހުންނާއި ބައްދަލުވާއިރު ގައިދުރުކަން ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.