މާދަމާ ބާއްވާ ރިއާސީ އިންތިހާބްގެ ވޯޓު ކަރުދާސް މިއަދު ހެނދުނު އައްޑު އަށް ގެނެސްފި އެވެ.
އިލެކްޝަން ކަމިޝަންގެ އައްޑޫގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ މާދާމާ ބާއްވާ އިންތިހާބްގެ ވޯޓު ކަރުދާސް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.
މައުސޫމް ވިދާޅުވީ ވޯޓު ކަރުދާސްތައް ވޯޓު ލާ މަރުކަޒުތަކަށް ފޮނުވަން ފަށާނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެންމެ ލަސްވެގެން މިރޭ ހުރިހާ ސެންޓަރުތަކަށް ވޯޓު ކަރުދާސް ފޮނުވައި ނިންމޭނެ ކަމަށެވެ.
އައްޑޫގައި މިފަހަރުވެސް 32 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. ރިއާސީ އިންތިހާބްގެ ބާޠިލް ކުރި ވޯޓުގައި ވެސް އައްޑޫގައި ބަހައްޓާފައި ވަނީ 32 ވޯޓު ފޮށްޓެވެ.
ވޯޓުލުން މާދަމާ ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7 ޖަހާއިރު އެވެ، އަދި ވޯޓު ލުން ނިންމުމަށް ހަމަޖެހިފައި ވަނީ މެނދުރު ފަހު 3:30 ގަ އެވެ.