Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

މާންދޫން ޕޮޒިޓިވްވި ތިން މީހަކު ހާލުބޮޑުވެ މާލެ ފޮނުވާލައިފި

ލ.މާންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން މީހަކު ހާލުބޮޑުވެ މާލެ ފޮނުވާލައިފިއެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ މީހުން މާލެ ފޮނުވާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ރޭ މާލެ ފޮނުވައިލާފައިވަނީ ސްރީލަންކާގެ ފިރިހެނަކާއި ނޭޕާލް ގެ ދެ ފިރިހެނުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މާންދޫ ކްލަސްޓާ އިން މިހާތަނަށް 259 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިހާތަނަށް 1166 ސާމްޕަލް ނަގާފައިވާއިރު 234 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މާންދޫ އޮތީ މޮނީޓަރިން ހާލަތުގައެވެ.

މާންދޫ ކްލަސްޓާގެ ކޭސްތައް މާންދޫގެ އިތުރުން، ލ. ގަން، ލ.ފޮނަދޫ، ލ. ދަނބިދޫ، ލ. އިސްދޫ އަދި ލ. މާބައިދޫން ވަނީ ފެނިފައެވެ.