Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ތިނަދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 23 އަށް

ގދ.ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 23 އަށް އަރައިފިއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެ ރަށުން އެންމެފަހުން ޕޮޒިޓިވް ވެފައިވަނީ މާލެއިން ތިނަދޫއަށް ދަތުރުކޮށްފައިވާ ޖަޒީ ބޯޓުން ކޮވިޑަށް ޕޮޒިޓިވްވި ފަޅުވެރިންގެ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަކުރެވުނު އިތުރު ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ.

އެއާއެކު އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދު 23 އަށް އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ބޯޓުގެ ފަޅުވެރިންގެ އިތުރުން ތިނަދޫގައި ކޮވިޑް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލެއް ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ތިނަދޫ އިން ކޮވިޑް ކޭސްތައް ފެނި އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.