Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު ކޮވިޑު-19

ކޮވިޑް އެކްޓިވް ކޭސްތައް 5000 އިން މައްޗަށް

ފޮޓޯ: ސަން

ރާއްޖޭގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 5000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މައުލޫމާތުދޭ ގޮތުގައި އިއްޔެ ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 402 މީހުންނަށެވެ. މިއާއެކު ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 30،237 އަށް އެރި އިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5،221 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެެިން 24،934 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. އަދި މ ިބަލީގައި މިހާތަނަށް 74 މީހުން ވަނީ މަރުވެފައެވެ.

ރާއްޖޭގައި ބާރު ސްޕީޑެއްގައި ކޮވިޑް-19 ފެތުރެމުން އަންނައިރު، ބަލި ކޮންޓްރޯލް ކުރުމަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އެޗްޕީއޭއިން އަދި ނިންމާފައެއް ނުވެއެވެ.