Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

ފީއަލި މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ފ. ފީއަލި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ ފީއަލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީއަލިން ނެގި ރެންޑަމް ސާމްޕަލް ތަކަކުން 4 ސާމްޕަލެއް ވަނީ ކޮވިޑް-19 އަސް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ ރަށްރަަށުގައި ކޮވިޑް-19 ފެތުރެމުން އަންނައިރު މިވަގުތު ރާއްޖޭގެ 23 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މައުލޫމާތުދޭ ގޮތުގައި އިއްޔެ ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 402 މީހުންނަށެވެ. މިއާއެކު ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 30،237 އަށް އެރި އިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5،221 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެެިން 24،934 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. އަދި މ ިބަލީގައި މިހާތަނަށް 74 މީހުން ވަނީ މަރުވެފައެވެ.