Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

ފުލުހުން އަމަލު ކުރި ގޮތުގެ ފުރިހަމަ އިންކުއަރީއެއް ހަދަން އަންގައިފިން: ސީޕީ ހަމީދު

ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އަންގާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް އެނގިލައްވާ ކަމަށާއި، މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ޙަރަކާތްތެރިވި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސްއިން ތަހުޤީޤު ކުރަމުންދާ ކަމަށެވެ. އަދި ފުލުހުން އަމަލު ކުރި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް މިހާރު އަންގާފައިވާކަމަށްވެސް ސީޕީ ހަމީދް ވިދާޅުވިއެވެ.

ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތާގުޅިގެން ގިނަބަޔަކު އަންނަނީ އެކަމަށް ވެސް ފާޑުކިޔަމުންނެވެ.

ފުލުހުން ރޭގެ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައިވަނީ އޮންނަ އުސޫލުތަކާއި އެއްގޮތަށްތޯ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.