Last Updated: May 17, 17:04
Friday, May 17, 2024
ޚަބަރު

އިލިއާނާ އޭނާ އެބޯޝަންއެއް ހެދިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

އިންޑިއާގެ ބަތަލާ އިލިއާނާ ޑީކްރޫޒް ވަނީ އޭނާ ބަނޑުބޮޑުވެގެން އެބޯޝަނެއް ހެދި ކަމަށާއި އަދި އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް ބަޔަކު ހަބަރުތަކެއް ފަތުރައިގެން އުޅުނު ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވިފައިވާ ވާހަކަތަކެއް ނޫން ކަމަށް ބުނެފައެވެ.

އިލިއާނާ މި ވާހަކަ ދައްކާފައިވަނީ ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ. 2018ވަނަ އަހަރު އޭނާއާއި ބެހޭގޮތުން ތަފާތު އެފަދަ ވާހަކަ ތައް ފެތުރުނު ކަމަށާއި އެފަދަ ހަބަރުތައް އެމީހުން ފަތުރަނީ ކިހިނެތްބާއޭ އޭނާ ހިތަށް އަރާ ކަމަށް އިލިއާނާ ބުންޏެވެ. ފަންނާނުންނާއި ބެހޭގޮތުން ތަފާތު ވާހަކަތައް އަބަދު ވެސް ދެކެވެމުންދެއެވެ.

އިލިއާނާ ބޮލީވުޑް ފިލްމަކުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2012 އަހަރު އެވެ. އެއީ ފިލްމް "ބަރްފީ" އިންނެވެ. އެ ފިލްމުގައި އޭނާއާއެކު ރަންބީރް ކަޕޫރު އަދި ޕްރިޔަންކާ ޗޯޕްޅާ މަސައްކަތް ކޮށްފައިވެއެވެ. އޭގެ ފަހުން އޭނާ ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ"، "މޭ ތެރާ ހީރޯ" އަދި "ރުސްތޮމް" ފަދަ ފިލްމްތައް ހިމެނެއެވެ.

އިލިއާނާ އެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމް "ޕާގަލްޕަންތީ" އިންނެވެ.