Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު އެމްޑީޕީ

ސަރުކާރުގެ ވާހަކަތަކުން މެމްބަރުން ރަތަށް!

ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ލަސްވާތީ ދެފުށްފެންނަ ގޮތަކަށް ބަދަލު ދިނުމުގެ ކަންކަމަށް ހުރަސް އެޅޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފު ވިދާޅުވުމުން، މަޖިލީހުގެ މެމްބަރުން އެކަމަށް ރައްދުދޭން ފަށައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ވިދާޅުވީ ބަދަލު ދިނުމުގެ ކަންކަމުގައި އެންމެ އިންސާފުވެރިކޮސް އަމަލުކުރެވޭނީ ކަމާގުޅޭ ގާނޫނެއް އޮވެގެން ކަމަށެވެ. މިދިޔަ އަހަރު ފެބްރުއަރީގައި ސަރުކާރުން މަޖިލީހަށް މަދަނީ އިޖުރާއަތުގެ ބިލު ހުށަހެޅިކަން ފާހަގަކޮށް އަހުމަދު ވިދާޅުވީ، ބިލު އަދިވެސް މަޖިލީހުން ނިމިފައި ނުވާތީ، އިންސާފު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށެވެ.

އަހުމަދު ވިދާޅުވީ ބިލު އަދިވެސް އޮތީ ޖުޑިޝަރީ ކޮމިޓީގައިކަމަށާއި، މިހާ ގިނަ ދުވަސް ވެގެންދާއިރު ބިލު ގާނޫނަކަށް ވެފައި ނުވާތީ އެއީ އިންސާފު ލިބިދިނުމަށް ސަރުކާރަށް އޮތް ހުރަހެއްކަމަށެވެ.

އަހުމަދު މިހެން ވިދާޅުވެފައިވާއިރު ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ވާހަކަތަކަށް މިއަދު ރައްދު ދެއްވާ ޕްރެސް ކޮންފަރެންސެއް ޖުޑިޝަރީ ކޮމިޓީގެ ފަރާތުން ބާއްވާނެ ކަމަށެވެ.

މީގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބިލު ލަސްވަމުންދާ ސަބަބުން ރައިސްގެ ލީގަލް ކައުންސިލްއަށް ނޭންގުމަކީ ލަދުވެތި ކަމެއްކަމަށާއި، ސަރުކާރުން ހުށަހެޅި މަދަނީ އިޖުރާއަތުގެ ބިލު ކުޑަކޮށް ކިޔާލި ނަމަވެސް މިފަދަ ވާހަކަތައް ނުދައްކަވާނެ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ވަނީ ސަރުކާރުގެ ވާހަކަތަކަށް ފާދުވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެގޮތުން ވަހީދު ވަނީ އެމްއެމްޕީއާރްސީގެ މައްސަލައާއި މަރުތަކަށް އިންތިސާފު ހޯދުމަށް މަޖިލީހުން ދެ ކޮމިޝަނަށް ބުނިހާ ބާރުތަކެއް ދީފައިވާއިރުވެސް އެކަންކަން ނުބެލި ލަސްވަނީ މަޖިލީހާއި ހެދިތޯ ސުވާލު އުފައްދަވާފައެވެ.