ކޮވިޑް-19 ބާރު ސްޕީޑުގައި ރާއްޖޭގައި ފެތުރެމުންދާތީ އެކަމުގެ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާޅުކުރައްވައިފިއެވެ.
ރައީސް ސޯޅިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮވިޑުގެ ޢަދަދުތައް އިންތިހާއަށް މަތިވަމުންދިއުމީ ކަންބޮޑުވާކަމެއް ކަމަށެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރާކަމަށް ރައީސްގެ ޓްވީޓްގައިވެއެވެ.
އަދި ވިދާޅުވެފައިވަނީ ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑުގެ ޢަދަދުތައް އިންތިހާއަށް މަތިވަމުންދިއުމީ ކަންބޮޑުވާކަމެއް.. ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަދިވެސް އިލްތިމާސްކުރަން. ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް. ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަން.
— Ibrahim Mohamed Solih (@ibusolih) May 3, 2021
ރާއްޖެއިން އިއްޔެ ވަނީ ކޮވިޑް-19 އަށް 508 މީހުން ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަަހައްދުން ޕޮޒިޓިވްވި 276 މީހުންނާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުން ޕޮޒިޓިވްވި 222 މީހުންނެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 5،594 މީހުން އެބަތިއްބެވެ. އަދި 172 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެވެމުންނެވެ.