Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ދިއްދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް!

ހއ.ދިއްދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 28 އަށް އަރައިފިއެވެ.

ދިއްދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އޭގެ ފަހުން އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އެރަށުގައި ކަރަންޓީންގައި ތިބެފައި ކަރަންޓީން ނިންމާފައި ހެދި ޓެސްޓު ހެދި 3 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ދިއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ދެ މީހަކަށް ފަރުވާދެމުން ދަނީ ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި ކަމަށް މައުލޫމާތު ލިބެއެވެ.