Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު ކޮވިޑު-19

ކުއްލި ހާލަތު ޖޫން 3 ގެ ނިޔަލަށް ދަމަހައްޓަނީ

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޖޫން 3 ނިޔަލަށް އިތުރުކޮށްފިއެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ ގެޒެޓް ކޮށްފައިވާ ޤަރާރުގައި ބުނެފައިވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އެ ކުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާއަރުވާފައިވާ ކަމަށެވެ.

އެހެންކަމުން 12 މާޗް 2020 ގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގެ މުއްދަތު މިއަދަށް ހަމަވާތީ އެ މުއްދަތު ޖޫން 3 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާކަމަށް ޤަރާރުގައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އިއްޔަވެސް ވަނީ 585 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 397 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 160 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 6033 އަށް އަރާފައެވެ.

ކޮވިޑް-19 ބާރު ސްޕީޑެއްގައި ފެތުރޭތީ އެޗްޕީއޭއިން ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ދަތުރު ކުރުމަށް ދިން ލުއިތައް މެދުކަނޑާލުމާއި، މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާ ކުރުމާއި، ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، ދުވާ ޓްރެކުތަކާއި، ސްވިމިންގ ޓްރެކްތައް ބަންދުކުރުމާއި، ކުޅިވަރުކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން ހިމެނެއެވެ.