Last Updated: June 30, 14:08
Tuesday, June 30, 2026
ރިޕޯޓް

ހަސަން ސައީދު ސިޔާސީ ދާއިރާއާއި ދުރަށް!

ޑރ. ހަސަން ސައީދު ޖުމްހުރީ ޕާޓީގެ ރަނިން މޭޓްގެ ގޮތުގައި އައްޑޫއަށް ވަޑައިގެން. ފޮޓޯ: އައްޑޫލައިވް

ސ.ފޭދޫ އަށް އުފަން ޑރ. ހަސަން ސައީދު ގައުމީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސިޔާސީ ދާއިރާއާއި ދުރަށް ޖެހި ވަޑައިގެންފިއެވެ.

މައުމޫނު ސަރުކާރުގައި އެޓާނީ ޖެނެރަލްކަން ކުރެއްވުމަށް ފަހު "ނިއުމޯލްޑވްސް"ގެ ނަމުގައި ސިޔާސީ ހަރަކާތްތެއް ފެއްޓުމަށްފަހު 2008 ވަނަ އަހަރު އަމިއްލަ ގޮތުން ރިއާސީ އިންތިހާބްގައި ވާދަކޮށް ތިން ވަނަ ހޯއްދެވި ހަސަން ސައީދު ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގަތީ ފާއިތުވި 10 އަހަރު ކުރެއްވި މަސައްކަތުން އެއްވެސް ފައިދާއެއް ނުނިކުތުމުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އެޑްވައިޒަރެއްގެ މަޤާމުގައި ހުންނެވުމަށްފަހު ކުޑަ ދުވަސްކޮޅަކުން ނަޝީދުއަސް ފާޑު ވިދާޅުވެ ފޭ އަށް ޖެހިވަޑައިގެން ނަޝީދު ސަރުކާރު 2012 ފެބްރުއަރީ 7ގައި ނިމުމަކަށް ގެނައުމުގައި ހަސަން ސައީދު ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ.

އަދި ވަހީދު އެކުލަވާލެއްވި އެއްބައިވަންތަ ކަމުގެ ސަރުކާރުގައި ވެސް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވީ ހަސަން ސައީދުއެވެ.

މިއަހަރުގެ ރިއާސީ އިންތިހާބްގައި އެމަނިކުފާނާއި އެކު ގައުމީ ޕާޓީ އުފެއްދެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމުން ފުރަތަމަ ހަސްނ ސައީދު ހުންނެވީ ޑރ. ވަހީދު އާއި އެކު "ގައުމައިގެން ކުރިއަށް" ކޯލިޝަނުގައެވެ.

ނަމަވެސް ދުވަސްތަކެއް ނުވެ ވަހީދުގެ ކޯލިޝަން ދޫކޮށް ޖުމްހުރީ ޕާޓީގެ ރިއަސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ގަބޫލްކޮށް އެމަނިކުފާނާއި ގުޅިވަޑައިގަތެވެ. އަދި ސެޕްޓެމްބަރ 7 ގައި ބޭއްވި ރިއާސީ އިންތިހާބުން 3 ވަނަ ގާސިމް އިބްރާހިމް އަށް ލިބިވަޑއިގަތުމުން ސްޕްރީމް ކޯޓަށް ވަޑައިގެން އިންތިހާބް ބާޠިލް ކުރުމުގެ އިސްދައުރެއް އަދާ ކުރެއްވީ ހަސަން ސައީދުއެވެ.

މައުމޫނު ސަރުކާރާއި ދެން އައި ސަރުކަރު ތަކާއި ދެކޮޅަށް "ފައިލް' ހިއްޕަވައިގެން އެންމެ ގިނައިން ކޯޓަށް ވަޑައިގެންފައިވަނީ ޑރ. ހަސަން ސައީދުއެވެ. ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލިކޮށްލުމުގެ އެންމެ ބޮޑު ޒިއްމާއެއް ނަންގަވަން ޖެހޭނެ އެއް ބޭފުޅަކީ ޑރ. ހަސަންއެވެ.

ޑރ. ހަސަން 10 އަހަރަށް ފަހު ސިޔާސީ ހަރަކަތުން ދުރައް ޖެހިވަޑައިގެން އިރު ގައުމުގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ދަށައް ގޮސްފައެވެ. މައުމޫނު ސަރުކަރުގައި އޭރުގެ ގާނޫނޫ އަސާސީން ސިޔާސީ ޕާޓީ އުފެއްދުމަށް ފުރުސަތު ނެތި އޮތްވާ ސިޔާސީ ޕާޓީ އުފައްދަން ހުއްދަދީ ހަރުދަނާ ގާނޫނަކާއި ނުލައި ގައުމު ބައި ބައިކޮށްލުމަށް ފުރުސަތު ދެއްވީ ވެސް ހަސަން ސައީދުއެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓި ޕާޓީ އިންތިހާބްގައި ވަކި ފަރުދަކަށް އެންމެ ގިނަ ވޯޓު ހަސަން ސައީދު ހޯއްދެވުމަށްފަހު އެ ކާމިޔާބީ އާއި އެކު ހުންނަވާކަށް އެގިވަޑައިނުގަތެވެ. އެއާއި އެކު ރާއްޖޭގެ ތަރައްގީގެ ގިނަ ކަންކަމަށް ހަސަން ސައީދު ވަނީ ހުރަސް އަޅުއްވަން މަސައްކަތް ކުރައްވާފައެވެ.

އެގޮތުން 2010 ވަނަ އަހަރު ފާސް ކުރި ލާމަރުކަޒީ ގާނޫނުން އައްޑޫ ސިޓީއަކަށް ހެދުމާއި ދެކޮޅަށް ހަސަން ސައީދު ތެދުވުމާއި ގުޅިގެން އަމިއްލަ ރަށާއި އަތޮޅުން ހަސަން ސައީދުގެ މަގްބޫލްކަން ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އެކަން މިފަހަރުގެ ރިއާސީ އިންތުހާބްގެ ދެ ފަހަރުގެ ވޯޓުން ފެނެއެވެ.

ހަސަން ސައީދު ސިޔާސީ ހަރަކާތުން ދުރައް ދިއުމުން އެކަމާއި ގިނަ ބަޔަކު އުފާކުރާނެއެވެ.