ރިއާސީ ދައުރު ރޭ މެންދަމު 12:00އާއި ހަމައަށް ހަމަވެފައިވާތީ، ރައީސް ވަހީދަށް ވެރިކަމުގައި ހުރެވޭނެ ގާނޫނީ ހައިސިއްޔަތެއް ނެތުމުން، މިހާރު އޮތް ސަރުކާރު ގަބޫލް ނުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދު މެންދުރު ފަހު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ނޮވެމްބަރު 11ގައި ރިއާސީ ދައުރު ނިމޭތީ ކައުންސިލުން ތާއިދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސްއިން ނިންމި ނިންމުމަށެވެ. އަދި ގަނޫނީ ސަރުކާރެއް އެކުލެވިފައި ނުވާތީ ރައްޔިތުންނަށް ފޯރު ކޮށްދޭން ޖެހޭ ހިދްމަތް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓަރީން ކުރަން ބޭނުންވާ ކަންކަން ޕާމަނަންޓް ސެކްރެޓަރީ ނުވަތަ ސިވިލް ސާވިސްގެ އެންމެ އިސްވެރިއަަކަށް ގުޅައިގެން ކުރިއަށް ދިއުމަށެވެ.
ކައުންސިލުން މިއަދުވަނީ ވަހީދު މިހާރު ހުންނެވި ސަރުކާރަކީ އައިރު ގާނޫނީ ސަރުކާރެއް ކަމަށް ނިންމާފައެވެ.
ރިއާސީ ދައުރު ރޭ މެންދަމު 12 އާއި ހަމައަށް ހަމަވެފައިވާ އިރު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިއާސީ އިންތިހާބްގެ 2 ވަނަ ބުރާއި ހަމައަށް ރައީސް ކަމުގައި ދެމި ހުންނެވުމަށް ނިންމަވާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަހީދުގެ ސަރުކާރު ބަލައި ނުގަންނަން ގަރާރެއް ވަނީ ފާސް ކޮށްފައެވެ.