Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކޮވިޑު އިތުރު މަރެއް، އަދަދު 75 އަށް!

ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ރޭ މަރުވެއްޖެއެވެ

މައުލޫމާތު ލިބިފައިވާ ރޭ ކޮވިޑުގައި މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 75 ވަނަ މީހާއެވެ. އަދި މި މަހު މަރުވި ދެވަނަ މީހާއެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 500 އިން މަތީގައެވެ. އިއްޔެ އެކަނިވެސް 734 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތުވެސް ކޮވިޑު ޖެހިފައިތިބި 7109 މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ އިރު ކޮވިޑު ބަލި މީހުންނަށް ފަރުވާ ކުރުމުގައި ސިއްހީ އެހީތެރިން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.