Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ލިންކް ރޯޑްގައި 13 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ޒީޝާންގެ ގައިަގއި ޖެހުނު ކާރު

މިރޭ 7:00 ޖަހާކަށް ހާއިރު ހިތަދޫ ސްޓޭޓް ސްކްއާ ދިމާލުން ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ހިތަދޫ ސަނީ ރޯޒް، އާމިނަތު ޒީޝާންއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ އަންހެން ކުއްޖާގެ މަންމަ އާއި އެކު ލިންކް ރޯޑު ކައިރިން ހިނގާފައި ދަނިކޮށް ފަހަތުން ދުއްވާފައި ދިޔަ ކާރަކުން ޖެހިގެންނެވެ

މިހާދިސާގައި ކާރުން އަންހެން ކުއްޖާ އާއި އޭނާގެ މަންމަ ގައި ޖެހިފައިވާ އިރު އަންހެން ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންދެވުނު އިރު މަރުވެފައެވެ. އަދި އަންހެން ކުއްޖާގެ މަންމަގެ ވާތު އަތް ބިނދިފައިވާކަމަށް ހަބަރު ލިބިފައިވެއެވެ.

ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ދިމާލުން މިރޭ 7 ޖަހާކަށްހާއިރު ހިނގި އެކްސިޑެންގައި ކާރުން ޖެހުނު އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރު މަރުވެފައިވާކަމަށް ޑޮކްޓަރު ބުނެފައިވާކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޖީނަކަށް މައްސަލަ ދިމާވެގެން ހިތަދޫ ލިންކ ރޯޑާއި ބޮޑެތި މަގުތަކުގައި ޖަހާފައިވާ ބައްތިތައް ނިއްވާލާފައި ވަނިކޮށެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން މިހާރު އަންނަނީ ތަހްގީގު ކުރަމުންނެވެ.