Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ސަލީމް ކޮމިޝަނަށް ހާޒިރުކުރީ މައިނޯރިޓީ ލީޑަރުކަމުން އިސްތިއުފާދިނުމަށް ނުފޫޒުފޯރުވުމަށް: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ މައިނޯރިޓީ ލީޑަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ނުފޫޒުފޯރުވުމުގެ ގޮތުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ސަލީމް ކޮމިޝަނަށް ހާޒިރުކުރިއިރު، އެކަމާއި ގުޅިގެން އާދަމް ޝަރީފް ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީ މައްސަލައާގުޅިގެން އިދިކޮޅު ފަރާތްތަކުން ކޮމިޝަންތަކަށް ހާޒިރުކުރަނީ ޑީލް ހަދާތޯ ބެލުމަށްކަމަށެވެ. އަދި ހިޔާނާތްތެރިންތިބީ ސަރުކާރާއެކު ޑިލް ހަދައިގެން ކަމަށް އަދަމް ޝަރީފް ވިދާޅުވިއެވެ.

"އެ ލިސްޓުން ނަން ޑިލީޓް ކުރެވޭގޮތް ސަލީމަށް އެނގިލައްވާނެ. ބައެއް މެމްބަރުންގެ ނަން ޑިލީޓްކޮށްފި." އާދަމް ޝަރީފްގެ ޓްވީޓްގައިވެއެވެ.

މީގެއިތުރުން ވެސް އާދަމް ޝަރީފްގެ ޓްވީޓްގައި ބުނެފައިވަނީ، ސަލީމް ކޮމިޝަނަށް ހާޒިރުކުރުމުގެ ސިއްރަކީ މައިނޯރިޓީ ލީޑަރުކަމުން ވަކިކުރުން ކަމަށެވެ. އަދި މައިނޯރިޓީ ލީޑަރުކަމުން އިސްތިއުފާ ދިނުމަށް ސަލީމަށް ނޫފޫޒު ފޯރުވާކަމަށްވެސް އާދަމް ޝަރީފްގެ ޓްވީޓްގައިވެއެވެ. އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ސަރުކާރުން ބޭނުންވާގޮތަށް ކަންކުރާ މީހަކަށް މައިނޯރިޓީ ލީޑަރުގެ މަގާމު ދިނުމަށް ކަމަށާއި، އެކަން ނުވާނެ ކަމަށެެވެ.