Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފުވައްމުލަކު ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންނަކީ ރޯގާގެ އަލަމާތް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހުންނެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރއިން ބުނީ ބަލި ޖެހުނު ދެ މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ދެ މީހުން ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން މިވަގުތު ފުވައްމުލަށް ވަނީ މޮނިޓަރިންއަށް ލެވިފައެވެ.