Last Updated: April 20, 10:49
Saturday, April 20, 2024
ޚަބަރު

އޭޑީކޭ ސަރަހައްދަށް އެއްވެ ތިބި މީހުން ދިއުމަށް ފުލުހުން އެދިއްޖެ

އޭޑީކޭ ސަރަހައްދަށް އެއްވެތިބި މީހުން އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެދިއްޖެއެވެ.

އެއާއެކު އެސަރަހައްދުގައި ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ އެކަމަށް ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ.

ފުލުހުން ވަނީ އޭޑީކޭ ސަރަހައްދަށް އެވި ތިބި ފަރާތްތަކަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެދިފައެވެ. އަދި އެގޮތަށް ފުލުހުން އެދިފައިވަނީ އެސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެސަރަހައްދަށް ވަނީ އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޕޮލިސް ކޮމިޝަނަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯޅިހްވެސް ވަޑައިގެންފައެވެ.