Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އޭޑީކޭ ސަރަހައްދަށް އެއްވެތިބި މީހުން ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލައިފި

އޭޑީކޭ ހޮސްޕިޓަލް ހިމެނޭ ސަރަހައްދަށް އެއްވެ ތިބި ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.

އޭޑީކޭ ސަރަހައްދަށް އެކު ފަރާތްތައް އެއްވެ ތިބިއިރު، އެސަރަހައްދުގައި ގިނައިން ތިބީ ރައިސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ކަމަށް މައުލޫމާތުލިބއެވެ.

ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު، އެ ހޮސްޕިޓަލަށް ރައީސް ސޯލިހް ވަޑައިގަތުމާއެކު، އެމަނިކުފާނުގެ އިސްތިއުފާއަށް އެ ސަރަހައްދަށް އެއްވެތިބި ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އޭޑީކޭ ސަރަހައްދަށް ގިނަ ފަރާތްތަކަކުން އެއްވެފައިވާއިރު ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް އެއްވެ ތިބި ފަރާތްތަކުގެ ކިބައިން އެދެފައެވެ.