Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަނީ

މަޖިލިސް ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިލޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ކުއްލި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 10:45 ހާއިރު އެވެ.

މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްއިރު ކުއްލި ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިމިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮށްވާލުމާއި ގުޅިގެން އެމަނިކުފާނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ވަގުތެއްގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރާއްޖޭގެ ގިނަ ސިޔާސީ ފަރާތްތަތަކުން ވެސް އަންނަނީ ކުށްވެރި ކުރަމުންނެވެ.