Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ރައީސް ސޯލިހް މިރޭ ޤައުމާ މުހާތަބު ކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ޤައުމާ މުހާތަބު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، ރައީސް ސޯލިހް މިރޭ ޓީވީތައް މެދުވެރިކޮށް ޤައުމާ މުހާތަބުކުރައްވާނެ ކަމަށެވެ.

މިރޭ މާލޭގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ހަމަލާއާއި ގުޅިގެން ރައީސް މިރޭ ސެކިއުރިޓީ ކައުންސިލާއި ބައްދަލުކުރެއްވިއިރު، ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވަވާފައިވެއެވެ.