Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަނީ

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހޭކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ނަޝީދަށް ލިބިފައިވާ ޒަހަމްތަކާ ގުޅިގެން އިތުރު ސާޖަރީތަކެއް ހަދަންޖެހޭ ކަމަށެވެ.

އަދި ހާއްސަ ޓީމަކުން މި ވަގުތަސް އެންމެ މުހިންމު ސާޖަރީތައް ހަދަމުންދާ ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދީފައިވެއެވެ.

ރައީސް ނަޝީދަށް އަމަޒުކޯށް މިރޭދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުން ބުނެފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ސްޓޭބަލް ކަމަށެވެ.