ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހް މިރޭ ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވަވާފައިވާކަމަށެވެ. އަދި ރައީސް ސޯލިހް މިރޭ މީޑިއާ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައިސް ސޯލިހް ވަނީ މިރޭ ކުއްލި ގޮތަކަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.
ރައިސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ މާލޭގައި ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ އެމަނިކުފާނުގެ ހާލު ސްޓޭބަލް ކަމަށާއި، އެހެންނަމަވެސް އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހިފައިވާކަމަށެވެ.