Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ޓެރަރިސްޓް ހަމަލާގެ ތަހުގީގާ ގުޅޭ މައުލޫމާތު ރައީސް ސާފުކޮށްފި

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާ ގުޅޭ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާފުކުރައްވައިފިއެވެ.

މުލިއާގޭގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސް ނަޝީދުގެ ހަށީކޮޅަށް އަމާޒުކޮށް އައިއީޑީއެއް ގޮށްވާލައިގެން ދީފައިވާ މި ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް ރައީސް ނަޝީދަށް ވަނީ އޭޑީކޭގައި ފަރުވާދީ އޮޕަރޭޝަންތަކެއް ކޮށްފައެވެ. މި ހަމަލާގައި އިތުރު ފަސް މީހަކަށްވެސް ޒަހަމްތައް ވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެެފައިވަނީ މިހަމަލާއާއި ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، އެމީހުންނަށް ފާރަލަމުން އަންނަކަމަށެވެ.