މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ބޮމުގެ ހަމަލާއާ ގުޅިގެން އެއްވެސް މައުލުމާތެއް އެނގޭނަމަ އެކަން އޮންލައިންކޮށް ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެއް ފުލުހުން ހަމަޖައްސައިފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހަމަލާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުވަތަ މައުލޫމާތެއް ވާނަމަ އޮންލައިންކޮށް ހުށައެޅެމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. ފުލުހުން ބުނެފައިވަނީ މައުލޫމާތު ފޯރުކޮށްދޭ ފަރާތެއްގެ ރައްކާތެރިކަން ފުލުހުން ކަށަވަރުކޮށްދޭނެ ކަމަށެވެ.
މީގެކުރިންވެސް ފުލުހުން ވަނީ މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ވާނަމަ އެކަން ފުލުހުންގެ ހޮޓްލައިން 9704000 އަށް ވެސް ހުށައެޅޭނެ ކަމަށް ވިދާޅުވެފައެވެ
Please share any relevant information, photo, video or documents of suspicious activity related to the #May06TerrorAttack using https://t.co/Ia6CijQxQJ.
We assure confidentiality & anonymity of those who provide information.#Thankyou for your continued support & cooperation.
— Maldives Police (@PoliceMv) May 8, 2021
އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ އެންމެ އިސް ކަމެއްދޭ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަކަމަށެވެ. އަދި ހަމަލާއާއި ގުޅިގެން ޝައްކު ކުރެވޭ 4 މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިހާތަނަށް އައި އިރު މި ހަމަލާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައެއްނުވެއެވެ.