Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ނަޝީދު ލައިފް ސަޕޯޓުން ނަގައިފި، ރަނގަޅުކަމަށް ވިދާޅުވި: އާއިލާ

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލައިފް ސަޕޯޓުން ނަގައިފިއެވެ.

އެމަނިކުފާނަށް އަމާޒުކޮށް ބްރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނު ވަނީ 16 ގަޑިއިރުގެ ސާޖަރީތަކެއް ހައްދަވާފައެވެ.

އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭގޮތުން ކޮށްކޯފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު މިހާރު ލައިފް ސަޕޯޓުން ނަގާފައިވާކަމަށެވެ.

ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅާ ވާހަކަދެއްކިކަމަށާއި، އަދި ރަނގަޅުކަމަށް ވިދާޅުވި ކަމަށްވެސް ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ އިތުރުން ހަށިފާރަވެރިންނާއި އެސަރަހައްދުގައި ތިބި އިތުރު ބަޔަކަށްވެސް އެކިވަރުގެ ޒަހަމްތައް ވެފައިވެއެވެ.