މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ހަމަލާއާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ޓްވީޓްގައި ބުނެފައިވަނީ މިކަމާ ގުޅޭ އިތުރު ތަފްސީލުތައް މެންދުރުފަހު ޕްރެސްގައި ހާމަކުރާނެ ކަމަށެވެ.
Two individuals have been arrested in connection to #May06TerrorAttack. More information will be shared in a press briefing this afternoon.
— Maldives Police (@PoliceMv) May 8, 2021
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިވަގުތު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އަންނަނީ އަލިކިލެގެފާނު މަގުގައި ހުރި ގެއެއްގައި ހަރަކާތްތެރި ވަމުންނެވެ.