މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅާއި ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލުން މެންދުރު ޕްރެސް ކޮންފަރެންސެއް ބާއްވާނެކަން ހާމަކޮށްފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ ރައީސް ނަޝީދުގެ ހާލުކޮޅާއި ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު މެންދުރު 02:30 ގައި ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު ވަނީ 16 ގަޑިއިރުގެ ދިގު ސާޖަރީތަކެއް ހައްދަވާފައެވެ. އަދި މިހާރު އެމަނިކުފާނު ލައިފް ސަޕޯޓުން ނަގާފައިވާކަމަށާއި، ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
ރައިސް ނަޝީދަަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.