މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮޡް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.
ފުލުހުން ބުނެފައިވަނީ އެއްޗެއް ގޮށްވާލާ ދީފައިވާ ޓެރަރިސްޓް ހަމަލާއާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހަވީރު 04:00 ގައި ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްވެސް މި ޕްރެސް ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށް ފުލުހުން މައުޅުމާތުދެއެވެ.
ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަން ހާމަކޮށްފައެވެ. އަދި ފުލުހުން އަންނަނީ މާލެއާއި ހުޅުމާލޭގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް އާއިލާއިން މައުލޫމާތުދެއެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅާއި ގުޅޭގޮތުން އޭޑީކޭއިން މެންދުރު 02:30 ގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.