ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ތަހުގީގަށް ހޯދުމަށް ބޭނުންވާ މީހެއްގެ ފޮޓޯ އާންމުކޮށްފިއެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މި މިހާއަކީ ފުލުހުންގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއްކަމަށާއި، އެމީހާގެ އިތުރު ވީޑިއޯ ފުޓެޖްވެސް އެބަހުރި ކަމަށެވެ.
އެހެންނަމަވެެސް ހެކި ރައްކާތެރިކުރުމުގެ ގޮތުން އެ ތަކެތި ހާމަކުރެވެން ނެތީ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ބުނެފައިވަނީ މި މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އިނގޭ ފަރާތެއް ވާނަމަ އެކަން ފުލުހުންނަށް އެންގުމަށް އެދޭކަމަށެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިންވަގުތުގެ ވީޑިއޯ ފުޓެޖްވެސް އާންމުކޮށްފައެވެ. އަދި ފުލުހުން ވަނީ އެވަގުތު އެތަނުގައި ތިބި ފަރާތްތަކުން ފުލުހުންނަށް މައުލުމާތު ދިނުމަށް އެދިފައެވެ.
މީގެ އިތުރުން މިއަދު ހައްޔަރު ކުރި މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ އާންމު ކޮށްފައެވެ. އެގޮތުން ހައްޔަރު ކޮށްފައިވަނީ މުޖާޒް އަހުމަދު މއ. ފޭރުމާގެ ތަހުމީން އަހުމަދު ފޮޅޭމާގެ، ގއ. ކޮނޑޭ އެވެ.