Last Updated: June 29, 13:19
Monday, June 29, 2026
ޚަބަރު

ހަމަލާގައި ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއް އެބަފެނޭ: ޕީޖީ ޝަމީމް

ރައީސް ނަޝީދަށް އަމާޒުކޮށް ގޮށްވާލި ސައިކަލު--

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއް ފެންނަކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މި ހަމަލާއާއި ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއް ފެންނަމުން އަންނަކަމަށެވެ. އަދި ހަރުކަށި ފިކުރާ މިހަމަލާއާ ގުޅުވޭ ލިންކްތަކެއް ފެންނަކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ހަމަލާ ސިދާ ގުޅެނީ ކޮން ދިމާލަކަށްކަން އިނގޭނީ ތަހުގީގު އެއްކޮށް ކޮށް ނިމުމުންކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ވިދާޅުވީ މިއަދު ހައްޔަރު ކުރި މީހުންނަކީ ހަރުކަށި ފިކުރު ނުވަތަ ހަރުކަށި ފިކުރައް ތާއީދު ކުރާ ބައެއްގޮތުގައި ފާހަގަކުރެވޭ ބައެއް ކަމަށެވެ. އެހެންނަމަވެސް އެމީހުން ތާއީދު ކުރާ ޖަމާއަތެއް ނުވަތަ ނިސްބަތްވާ ޖަމާއަތެއް އަދި އިތުރު ތަފްސީލެއް އެނގޭނީ އިތުރަށް ބެލުމުންކަމަށެވެ.

މި ހަމަލާއާ ގުޅިގެން ފުލުހުން ވަނީ އަތަމާ ޕެލެސް ކައިރީގައި ހުރި މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އަދި މިއަދު ހައްޔަރު ކުރި ދެމީހުންގެ ވަަނަވަރުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުޖާޒް އަހުމަދު މއ. ފޭރުމާގެ އަދި ތަހުމީން އަހުމަދު ފޮޅޭމާގެ، ގއ. ކޮނޑޭ އެވެ.