Last Updated: July 24, 11:07
Friday, July 24, 2026
މީހުން

ކޯޓަށް ގެންދަން ފޭދޫ މީހަކު ހޯދަނީ

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ތަފާތު މައްސަލައެއްގައ އެ ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ ސ. ފޭދޫ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކުރުމާ ގުޅިގެން މި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި އަމުރުގެ ދަށުން ފުލުހުން ހޯދަމުން ދަނީ ފޭދޫ، ތަރިޖެހިގެ، އިސްމާޢިލް ޝިފާޢު، 25، އެވެ.

ޝިފާޢު އަކީ މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ މީހެކެވެ.