Last Updated: June 29, 13:19
Monday, June 29, 2026
ޚަބަރު

ނަޝީދަށް ދިން ހަމަލާ: މުހިންމު ތިން މީހުން ހައްޔަރުގައި

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅޭ މުހިންމު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެގޮތުން މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔަ މާލެއާއި ހުޅުމާލޭގައޮ ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކެއްގައެވެ.

މާލޭގައި ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އަލިކިލެގެފާނު މަގުގައި ހުރި ގ. ގަދަފެހިގެ ގޯޅި ތެރޭގައި ހުރި ގެއެއްގައެވެ. އަދި ހުޅުމާލޭގައި ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންދަނީ ރަބަރުގަސްމަގު 4ވަނަ ނަމްބަރު ގޯޅީގައި ހުރި ގެއެއްގައެވެ.

ފުލުހުން އިއްޔަ ހައްޔަރު ކުރި ދެމީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ.

މީގެއިތުރުން މިއަދު ހެނދުނުވެސް ފުލުހުން ވަނީ ހުޅުމާލޭގައި އޮޕަރޭޝަނެއް ހިންގާ މީހަކު ހައްޔަރުކޮށްފައެވެ. މިއީ މި މައްސަލައިގައި ހިމެނޭ އެންމެ މުހިންމު މީހާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މީހާއަކީ ބޮން ގޮށްވާލި މީހާ ކަމަށް މައުލޫމާތުދެއެވެ. މި މީހާއާ ބެހޭ އިތުރު މައުލޫމާތެއް މިހާތަނަށް އައިއިރު ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ރައީސް ނަޝިދަށް އަމާޒުކޮށސް ބްރާސްފަތި ދުވަހުގެ ރޭ 08:27 ހާއިރު ދިން މިހަމަލާފައި ރައީސް ނަޝީދުގެ އިތުރުން ފަސް މީހަކަށް އެކި ވަރުގެ ޒަހަމްތައް ވެފައިވެއެވެ. އަދި ރައީސް ނަޝިދަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ހާލުކޮޅު މިހާރު ރަނގަޅުކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.