ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ފަތިހު 04:45 ހާއިރު އައިޖިއެމްއެޗް އީއާރް އަށް ގެނައި މީހަކު 05:46 ހާއިރު ނިޔާވެފައިވާކަމަށެވެ.
ނިޔާވެފައިވަނީ އުމުރުން 51 އަހަރު ދިވެހި އަންހެނެއް ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 84 ކަށް އަރާފައެވެ.
އިއްޔަ ވެސް ރާއްޖެއިން ވަނީ ކޮވިޑް-19 އަށް 590 މީހުން ޕޮޒިޓިވް ވެފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 8640 މީހުން ތިބިއިރު ހޮސްޕިޓަލުގައި 230 މީހުނަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.