Last Updated: June 29, 13:19
Monday, June 29, 2026
ޚަބަރު

ލަންދޫ ބަނދަރު އަދި އުގޫފާރު މަގު ހެދުމުގެ މަސައްކަތުގެ އަޕްޑޭޓް ދީފި

ލަންދޫ ބަނދަރުގެ މަސައްކަތް--

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމާއި ރ. އުނގޫފާރު މަގު ހެދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ މައުލޫމާތު އެމްޓީސީސީން ދީފިއެވެ.

އެގޮތުން ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 6 މެއި 2021 ވަނަ ދުވަހު ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މި މަޝްރޫއަކީ 32.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އުނގޫފާރު މަގު ހެދުމުގެ މަސައްކަތް–

މީގެ އިތުރުން ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށާއި، ސަބްބޭސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޑީސީސީން މައުލޫމާތުދެއެވެ.