Last Updated: June 29, 13:19
Monday, June 29, 2026
ޚަބަރު

ވައްޑޭ މަރަންޖެހޭ ކަމަށްބުނި ޓީޗަރު ސަސްޕެންޑް ކޮށްފި

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު - ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)އަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދިން ޓީޗަރު ސަސްޕެންޑްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވައްޑެއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދީފައިވަނީ ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރެވެ.

އޭނާ ވައްޑެއަށް މަރުގެ އިންޒާރު ދީފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި ވައްޑެ އެމްޑީޕީ ހަރުގެ ކައިރީގައި ކުރީ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް އުޅުނުގޮތުގެ ވާހަކަ ދައްކާފައިވާތީ އެކަމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޓީޗަރު ވަނީ 30 ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

ވައްޑެ އެދުވަހު ދެއްކި ވާހަކައަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަދި އެ ވާހަކަތަކާއި ގުޅިގެން ވައްޑެއަށް ގިނަ ބަޔަކު އިންޒާރުދޭތީ އެކަން އެމްޑީޕީން ފާހަގަވެސް ކޮށްފައިވެއެވެ.