Last Updated: June 29, 13:19
Monday, June 29, 2026
ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، މިއަދުގެ ދެވަނަ މަރު

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕިއޭއިން ބުނެފައިވަނީ މިއަދު ހެނދުނު ބ. އޭދަފުށި އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު 08:30 ހާއިރު މަރުވެފައިވާކަމަށެވެ. މަރުވެފައިވަނީ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް މައުލޫމާތު ދީފައިވެއެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 86 ވަނަ މީހާއެވެ.

ރޭ ފަތިހު އައިޖީއެމްއެޗް އީއާރް އަށް ގެންދިޔަ 75 އަހަރުގެ އަންހެނަކުވެސް މަރުވެފައިވާއިރު އެއީ ވެސް ކޮވިޑް މަރެއްކަމަށް އެޗްޕިއޭއިން ބުނެފައިވެއެވެ.

މިހިނގާ ހަފްތާގައި ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ހުކުރު ދެ ދުވަހު ޖުމްލަ 8 މީހަކު ކޮވިޑުގައި މަރުވެފައިވެއެވެ.

އެޗްޕީއޭ އިން ރޭ ބުނީ މާލެ ސަރަހައްދުގެ 80 ޕަސެންޓު އެނދު މިހާރުވެސް ފުރިފައިވާކަމަށެވެ.