Last Updated: June 29, 11:56
Monday, June 29, 2026
ޚަބަރު

އައްޑޫ ހިމެނޭ ގޮތަށް ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ދުވަހެއް - ފޮޓޯ: މިހާރު

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް މެންދުރު 02:00 އިން ފެށިގެން މިރޭ 08:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޮސްވާނެތީ ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.