Last Updated: June 29, 11:56
Monday, June 29, 2026
ޚަބަރު

މާފުށިން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކ. މާފުށީގައި މިއަދު މަރުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މާފުށިގައި މިއަދު ހެނދުނު 09:45 ގައި މަރުވި މީހަކު ކޮވީޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މަރުވެފައިވަނީ 74 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 87 ކަށް އަރާފައެވެ.

މިއަދު ހެނދުނު ބ. އޭދަފުށީގައި މަރުވި 85 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ރޭ ފަތިހު އައިޖީއެމްއެޗް އީއާރް އަށް ގެންދިޔަ 75 އަހަރުގެ އަންހެނަކުވެސް މަރުވެފައިވާއިރު އެއީ ވެސް ކޮވިޑް މަރެއްކަމަށް އެޗްޕިއޭއިން ބުނެފައިވެއެވެ.