Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ވައްކަން ކުރަން އުޅެނިކޮށް ވެއްޓި ހުޅުދޫ ޒުވާނަކު މަރުވެއްޖެ

ވައްކަން ކުރަން އުޅެނިކޮށް، ގ. މުލީގޭގެ ފަސް ވަނަ ބުރިން ވެއްޓި ޒުވާނާ ޒަހަމްވެފައި: އޭނާ މަރުވީ ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް-- ސަން ފޮޓޯ

ރޭ ދަންވަރު ގ. މުތީގޭގެ ފަސްވަނަ ބުރިން ވައްކަން ކުރަން އުޅެނިކޮށް ބަޔަކަށް ފިލަން އުޅެނިކޮށް ވެއްޓީ ސ.ހުޅުދޫ ޒުވާނަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ހުޅުދޫ، ގުލްހަޒާރުގޭ، މުހައްމަދު ސަމީން (29އ)އެވެ. އޭނާ މަރުވެފައިވަނީ ވެއްޓި ބިންމަތީ ޖެހި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަތާ ބައި ގަޑި އިރުތެރޭގައެވެ.

ފުލުހުން ބުނެފައި ވަނީ އޭނާ އެ ގެއިން ވެއްޓެން މެދުވެރިވީ ވައްކަން ކުރަން އުޅެނިކޮށް ބަޔަކަށް ފެނިގެން ފިލަންވެގެން އަވަސް އަވަހަށް އުޅެނިކޮށް ކަމަށެވެ. ފަސް ވަނަ ބުރީގެ ބެލްކަނިން ހަތަރު ވަނަ ބުރީގެ ބެލްކަންޏަށް ދާން އުޅުމުގެ ތެރޭގައި ކައްސާލައި އޭނާ ބިންމައްޗަށް ވެއްޓުނީ ކަމަށް ފުލުހުން ބުންޏެވެ.