Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

241 ކޮމިޓީއަށް އާޒިމްގެ ބަދަލުގައި އީވާ

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް - ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަމުން އަންނަ މަޖިލީހުގެ 241 ކޮމިޓީއަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސައިފިއެވެ.

މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ "އައްޑުލައިވް" އަށް މައުލޫމާތު ދެއްބަމުން ވިދާޅުވީ 241 ކޮމިޓީއަށް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށެވެ. 

އެގޮތުން 241 ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރެއްވި އަލީ އާޒިމްގެ ބަދަލުގައި އެ ކޮމިޓީއަށް އީވާ ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ. އީވާ އަކީ މީގެ ކުރިންވެސް 241 ކޮމިޓީގައި ހިމެނިވަޑައިގެންނެވިއެވެ. އެހެންނަމަވެސް އީވާގެ ބަދަލުގައި އެ ކޮމިޓީއަށް މީގެ ކުރިން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހަމަޖައްސާފައިވެއެވެ.

މަޖިލީހުގެ ކޮމިޓީތަކުގައި ހިމެނޭ މެމްބަރުންނަށް ބަދަލު ގެންނަނީ އެމެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުން އެދުމުންނެވެ.

241 ކޮމިޓީއަށް އެމްޑީޕީން ބަދަލުތަކެއް ގެނެސްފައިވާއިރު އެ ކޮމިޓީއަށް މިދިޔަ ބްރާސްފަތި ދުވަހު ވަނީ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓް ލިބިފައެވެ.