Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ކައުންސިލް އިންތިޚާބުގެ ނަތީޖާ މި ފެންނަން ފެށީ މީހުންގެ ފުރާނައިން: ޝެއިޚް ޒައިދު

ޝެއިޚް އަލީ ޒައިދު

ކައުންސިލް އިންތިޚާބުގެ ނަތީޖާ މި ފެންނަން ފެށީ މީހުންގެ ފުރާނައިން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އިންތިޚާބަށްޓަކައި ދޫދިނުމުން މެލޭޝިޔާ ވެސް ލޮކްޑައުން ކުރަން ޖެހުނު ކަމަށް ވެސް މިހާރު ރާއްޖެ އޮތް ހާލަތަށް އިޝާރާތް ކުރައްވާ އެ ބޭފުޅާ ކުރެްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

"މިއަދު 1200 ކޭސް!!! ކައުންސިލް އިންތިޚާބުގެ ނަތީޖާ މި ފެންނަން ފެށީ މީހުންގެ ފުރާނައިން! އިންތިޚާބަށް ޓަކައި ދޫދިނުމުން މިދިޔަ އަހަރު މެލޭޝިޔާ ވެސް އަލުން ލޮކްޑައުން ކުރަން ޖެހުނު! ފިލާވަޅާއި ޢިބްރަތް ވަރަށް މުހިއްމު! ޔާﷲ! އަޅަމެން ސަލާމަތް ކުރައްވާށި! އާމީން." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

މިއަދު 1204 މީހުން ކޮވިޑް-19 އަށް ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 961 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 235 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 37،019 އަށް އަރާފައެވެ.