މާދަމާ ބާއްވާ ރިއާސީ އިންތިހާބްގެ ދެވަނަ ބުރުގެ ވޯޓުލުމަށް ބޭނުންވާ ވޯޓު ކަރުދާހާއި، ކެންޑިޑޭޓުން ސޮއިކުރި ވޯޓާސް ލިސްޓް މިއަދު މެންދުރު އައްޑޫއަށް ގެނެސްފިއެވެ.
އިލެކްޝަންގެ އައްޑޫ އިސް އޮފިޝަލަކު ވިދާޅުވީ ވޯޓު ކަރުދާހާއި، ވޯޓާސް ލިސްޓް ވޯޓުލާ މަރުކަޒުތަކަށް ފޮނުވުނގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިރޭ 8 ގެ ކުރިން އައްޑޫގެ ހުރިހާ ވޯޓުލާ މަރުކަޒުތަކަށް ލިސްޓާއި ވޯޓު ކަރުދާސް ފޮނުވުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މާދާމާ ރިއާސީ އިންތިހާބްގެ ދެވަނަ ބުރު ބާއްވާއިރު ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އާއި ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.