Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ބޮމުގެ ހަމަލާއާ ގުޅޭ ޕްރެސްއެއް މިއަދު ހަވީރު

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުންގެ ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 04:30 ގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިހާތަނަށް އައިއިރު މި މައްސަލައިގައި ފުލުހުން ވަނީ ތިން މީހުން ހައްޔަރުކޮށްފައެވެ. މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމެވެ. މީގެ ތެރެއިން އަދުހަމަކީ ބޮން ގޮށްވާލި މީހައެވެ.

މި ތިން މީހުން ފުލުހުންގެ ހައްޔަށް ގެންގޮސްފައިވާއިރު އެމީހުންގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފައެވެ.