Last Updated: June 8, 09:21
Monday, June 8, 2026
ޚަބަރު

އައިޑީ ކާޑުތައް ފޮރުވާކަމުގެ ޝަކުވާ ލިބޭ: ޕޮލިސް

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދަވަނަ ބުރުގައި ވޯޓުލާން ޖެހޭ ބައެއް މީހުންގެ އައިޑީ ކާޑު ފޮރުވަމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ރެއިން ފެށިގެން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި މީހުންގެ އައިޑީކާޑު ފޮރުވަމުންދާކަމުގެ ޝަކުވާ ހުށަހެޅެމުންދާތީ ފުލުހުން ދަނީ އެފަދަ ރަށްރަށުގައި އެކަން ގާތުން ބަލަމުންނެވެ.

މިކަމަކީ އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ ދަށުން އަދަބު ލިބޭ ކުށަކަށްވާތީ މިފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ފުލުހުން ބުންޏެވެ.

އެހެންވެ އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކުރެ އެވެ.